ތިން ހޮސްޕިޓަލެއްގެ މަސައްކަތް ހަވާލުކޮށްފި

ތިން ހޮސްޕިޓަލެއްގެ އިމާރާތެއްގެ މަސައްކަތް ނިންމަން މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޅ. ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވާއިރު، ރ. އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު އިމާރާތުގެ މަސައްކަތާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ޅ. ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުން
- އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް
- ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 7,711,200.00ރ
- ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރާނެ
ރ. އުނގޫފާރު ހޮސްޕިޓަލްގެ އައު އިމާރާތް
- 540 ދުވަސް ތެރޭގައި ނިންމާ ގޮތަށް
- ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 161,245,343.52ރ
- ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރާނެ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގެ އައު އިމާރާތް
- 540 ދުވަސް ތެރޭގައި ނިންމާ ގޮތަށް
- ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 147,437,634.2ރ
- ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރާނެ
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އުނގޫފާރު ހޮސްޕިޓަލު އައު އިމާރާތް އެޅުމުގެ މި އެއްބަސްވުމުގައި ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާ މުހައްމަދު އަސްބާހް އަލީ ނަސީރު އެވެ.
އޭއެސްއެމްއެޗު އައު އިމާރާތާއި ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރޔ އަހްމަދު ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީ އެވެ.
