ޚަބަރު

ފަސް މަހުން މަސްވެރިންނަަށް ދޫކުރި ފައިސާގެ އަދަދު 1.6 ބިލިއަން ރުފިޔާއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

ފާއިތުވި ފަސްމަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރޭ ޕީއެންސީގެ ހަރުގޭގައި ކުރިއަށް ދިޔަ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ މަސްވެރިންނަށް ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ދުވަހުން ފެށިގެން ވެސް އެއީ ފުއްދޭނެ ވައުދެއް ނޫން ކަމަށް އެމްޑީީޕީން ބުނަމުން ދިޔަ ކަމަށެވެ.

އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުެގ ފުރަތަމަ ބުރުން އެމްޑީޕީ ސަރުކާރު ބަލިވުމުން ވޯޓު ހޯދުމުގެ ބޭނުމުގައި މަސް ގަންނަ އަގު މާކެޓް ރޭޓަށް ނުބަލާ ބޮޑުކުރިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މަސް ގަންނަ އަގު ބޮޑުކުރުމަށް ފަހު ވެރިކަން ނިމުނުއިރުވެސް މަސްވެރިންނަށް ބޮޑުކުރި ފައިސާ ނުދޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ނުދީ ހުރި ފައިސާ ދޫކުރަން ފަށައި މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައިވެސް ފައިސާ ދޫކުރަން ފެށިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 1.6 ބިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާ ހަލާސްކޮށްފި" މިނިސްޓަރު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރި އިރު ވެސް މަސްވެރިންނަށް ފައިސާ ނުދިންކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

Ads by Allied Insurance