ޚަބަރު

ސަސްޕެންޑްކުރި ފަނޑިޔާރުންގެ މަގާމު އިއާދަކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު / ފޮޓޯ:ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާގެ ޒާހިރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށްފައިވާ ކުރުން ނިމުމަކަށް ގެނެސް، ދެ ފަނޑިޔާރުންގެ މަގާމު އިއާދަކުރުމަށް އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

Ads by STELCO

ހިއުމަން ރައިޓްސް ވޮޗުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް މައްސަލައިގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމަކީ މިނިވަންކަމާ އެކު މައްސަލަ ނިންމަން ހުރަސް އެޅޭ ކަމެއް ކަމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ އާއި މަހާޒުގެ ސަސްޕެންޝަން އުވާލުމާ އެކު، ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ މަގާމު އިއާދަކޮށްދޭން ޖެހޭ ކަމަށް ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމާއަތުގެ އޭޝިއާ ޑިރެކްޓަރު އެލައިން ޕިއާސަން ވިދާޅުވީ ސަސްޕެންޝަން އުވާލައި ފަނޑިޔާރުންގެ މައްޗަށް ކުރަމުންދާ އަސްލެއް ތަހުގީގުތައް ހުއްޓުމަކަށް ނުގެންނަހާ ހިނދަކު ރާއްޖޭގައި ހައްގުތައް ގާއިމުނުކުރެވޭނެ ކަމަށެވެ.

ތިން ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީން އަޅާފައިވާ ފިޔަވަޅުތަކުން ސުޕްރީމް ކޯޓުގެ ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމުގައި ފާހަގަކޮށް އެ ޖަމިއްޔާގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އާ ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީއަކީ ޝަރުއީ ދާއިރާ އާ ގުޅޭ ޝަކުވާތައް ތަހުގީގުކޮށް ބަލައި ފިޔަވަޅު އެޅުމުގެ ބާރުދީފައިވާ މިނިވަން މުއައްސަސާއަކަށް ވި ނަމަވެސް ސިޔާސީ ސަބަބުތަކާ ހުރެ އެ ކޮމިޝަނަކީ ސިޔާސީ ބޭނުމުގައި ފަނޑިޔާރުން ވަކިކުރަން ސަރުކާރުތަކުން ބޭނުން ކުރަމުންދާ ތަނެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.

ޖުޑިޝަރީގެ މިނިވަންކަމާ ބެހޭ އދ. ގެ އާންމު އުސޫލުތަކުގައިވާ ގޮތުން ފަނޑިޔާރަކު މަގާމުން ދުރުކުރެވޭނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ގާބިލު ނޫން ނަމަ ނުވަތަ މަގާމަށް ކުފޫ ހަމަނުވާ އަމަލުތަކެއް އެ މީހެއްގެ ކިބައިން ފެނުމުން ކަމަށް ޕިއާސަން ވިދާޅުވި އެވެ.

ޕިއާސަން ވިދާޅުވި ގޮތުގައި ކުރެވޭ ތުހުމަތުތައް އެކަށީގެންވާ އިޖުރާއަތެއްގެ ދަށުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށާ އަދި އެ ތުހުމަތުތަކަށް ޖަވާބުދާރީވެވޭ ގޮތަށް އިންސާފުވެރި އަޑުއެހުމެއްގެ ހައްގު ހޯދައިދޭން ޖެހޭނެ ކަމުގަ އެވެ.

ޖޭއެސްސީ ރިފޯމުކުރުމުގެ ވައުދުވާ ނަމަވެސް ވެރިކަމާ ހަވާލުވުމަށް ފަހު އެކަން އެގޮތަށް ކޮށްފައި ނުވާކަން ފާހަގަކޮށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް ރާއްޖެއިން އިހުތިރާމުކުރާކަން ކަށަވަރުކޮށްދޭން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުއިއްޒަށް ގޮވާލާފަ އެވެ.

Ads by HDC