ޚަބަރު

ވިނަރެސްގެ ފްލެޓަކުން ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ހުޅުމާލެ، ދެ ވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ ފްލެޓެއްގައި ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އެ އަންހެން މީހާ ހަަބަރު ހުސްވެފައިވާ އޮތްވާ ފެނުނީ މިއަދު ހެނދުނު 6:05 ހާއިރު އަންހެނަކު ރޯއަޑު އަޑު އިވޭ ކަމަށް ބުނެ ހުށަހެޅި ރިޕޯޓަކާ ގުޅިގެން ގޮސް ބެލިއިރު ކަމަށެވެ. ރިޕޯޓު ލިބުމާ އެކު ވަރަށް އަވަހަށް އެ ތަނަށް ދިޔަ ކަމަށާ އަދި އެ ފްލެޓަށް ވަންނަން ޖެހުނީ ގަދަކަމުން ދޮރު ހުޅުވައިގެން ކަމުގައި ފުލުހުން ފާހަގަކުރި އެވެ.

ފްލެޓު ތެރެއިން ހަބަރު ހުސްވެފައި އޮތްވާ ފެނިފައި ވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ ފްލެޓުގައި އިތުރު މީހަކު ނެތް ކަމުގަ އެވެ.

އަންހެން މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ތަނުގެ ވަށައިގެންވާ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

Ads by HDC