Sunday, 15 November 2026
Advertisement
MWSC — SmartMeter (leaderboard)
މުނިފޫހިފިލުވުން

މޫމިންގެ މާސްޓަރޕީސް، އަބަދަށް: ސަމާލުކަން ދަމައިގަތީ ޝާރިފްއާ ސޫޒަން

މޫމިންގެ މާސްޓަރޕީސް، އަބަދަށް: ސަމާލުކަން ދަމައިގަތީ ޝާރިފްއާ ސޫޒަން

މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ދިވެހި ފިލްމު މިވަނީ ޕްރިމިއާ ކޮށްފަ އެވެ. އަހަރު ފެށީ މަގްބޫލު އަދި މޮޅު ޑައިރެކްޓަރު މޫމިން ފުއާދުގެ “އަބަދަށް” ފިލްމުންނެވެ. 2023 ވަނަ އަހަރު ފިލްމިންގެ މަސައްކަތް ނިންމާފައި އޮތް މި ފިލްމު ބެލުންތެރިންނާއި ހަމައަށް މި އައީ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުންނެވެ.

ފިލްމުގެ ލީޑް ރޯލުން ފެންނަނީ އަހުމަދު ޝާރިފް އަދި ވާޝިޔާ މުހައްމަދެވެ. މުހިންމު ރޯލުތަކުން ޔޫސުފް ޝަފީއު (ޔޫއްޕެ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ސޫޒަން އިބްރާހިމްފުޅު ވެސް ފެނެ އެވެ.

ފިލްމުގެ ޓްރެއިލާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލިއިރު މާ ގިނަ ވާހަކަތަކެއް މޫމިން ބުނެއެއް ނުދިނެވެ. އެކަމަކު މިފިލްމަކީ ކިހާ ސީރިއަސް ފިލްމެއްކަން ޓްރެއިލާއިން ފެނުނެވެ. ސަމާލުކަން ދަމައިގަންނަ ކަހަލަ އެތައް މަންޒަރެއް ޓްރެއިލާގައި ފެނުނުއިރު ބެލުންތެރިންގެ ބޮޑު އިތުބާރެއް ފިލްމާއި މެދު ލިބުނީ ތާރީހީ ފިލްމު “ލޫދިފާ” ގެ ސަބަބުންނޭ ބުނުންވެސް ދޮގަކަށް ނުވާނެ އެވެ. “ލޫދިފާ” ބެލި އެއްވެސް މީހަކު މޫމިންގެ ލިޔުމާއި ޑައިރެކްޝަނަށް ޝައްކު ނުކުރާނެކަން ޔަގީނެވެ.

Advertisement
HDC — Sidebar (box)
https://www.youtube.com/watch?v=Xy5l64J0SRQ

ފިލްމުގައި ވާގޮތް ކިޔައިދޭކަށް ނެތީމެވެ. އެއީ ސިއްރެއްގެ ގޮތުގައި ބާއްވާފައި ފިލްމުގެ ވާހަކަ ދެއްކޭތޯ ބަލާނަމެވެ. މިފިލްމުގެ ކޮންމެ އެކްޓަރަކުވެސް ދައްކާފައިވަނީ ވަރަށް މޮޅު އެކްޓިންއެކެވެ. އެހެންނަމަވެސް ސަމާލުކަން ދަމައިގަތީ ޝާރިފް އަދި ސޫޒަން އެވެ.

ޝާރިފް ސްކްރީނުން ފެންނަ ކޮންމެ ފަހަރަކު މި އިނދެވުނީ އެ މަންޒަރު ހިނގާ ތަނުގައި ބަލާށޭ ހިތަށް އެރި އެވެ. އެހާވެސް ހަގީގަތާއި އެއްގޮތެވެ. ބައެއް ސީންތަކުގައި ޝާރިފްގެ ސަބަބުން ސީންއިން ދެން ފެންނަ ތަރިންގެ އެކްޓިންގް ކުޑަހެންވެސް ހީވެ އެވެ.

ފުރިހަމައަށް ލިޔެފައިވާ މި ފިލްމުގައި ސޫޒަންގެ އެކްޓިންއާމެދު ބުނާނެ އެއްޗެއްވެސް ނެތެވެ. މިއީ މޫމިން ވަރަށް ފުރިހަމައަށް ލިޔެފައިވާ ކެރެކްޓާއެއްވެސް މެ އެވެ. މީގެ ކުރިން މޫމިންގެ ވެބް ސީރީޒް “ގަމިނި” އިންވެސް ފެނުނު ސޫޒަން މިފަހަރުވެސް ސާބިތުކޮށްދިނީ އޭނާއަކީ އެކްޓިންގައި ގޮންޖަހައިލެވޭނެ މީހެއް ނޫންކަމެވެ. ސޫޒަން ނޫން މީހަކަށް މި ރޯލު އަދާނުކުރެވޭނެހާ ފުރިހަމައަށް އޭނާ ޕާފޯމްކޮށްފައި ވެއެވެ.

[caption id="attachment_281592" align="alignnone" width="690"] އަބަދަށްގެ މަންޒަރެއްގައި ސޫޒަން އާއި ޔޫއްޕެ[/caption]

“އަބަދަށް” މިއީ ކުޑަކުޑަ ކަމެއްގެ ސަބަބުން އުފެދޭ ބޮޑު މައްސަލައަކަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ. އިޖުތިމާއީ އެތައް މެސެޖުތަކެއް ފިލްމުން ވަނީ ދީފަ އެވެ.

މިހާރު އޮލިމްޕަސްގައި ކާމިޔާބުކަމާއިއެކު ދައްކަމުންދާ މިފިލްމުގެ މިހާތަނަށް ދެއްކި ހުރިހާ ޝޯއެއް ހައުސްފުލް އެވެ. މިއީ ކޮންމެ މީހަކުވެސް ބަލައިލުން މުހިންމު، ރީތި ފިލްމެކެވެ. މިހާ ހިސާބުން ދެން ބެލުންތެރިންނަށް ދޫކޮށްލާނަމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.