ޚަބަރު

އެންމެ ގިނައިން މިސްކިތް ބިނާކުރާ އަހަރަށް މި އަހަރު ވެގެން ދާނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު--

އެެންމެ ގިނައިން މިސްކިތް ބިނާކުރާ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިސްކިތް އިމާރާތްކުރުމުގެ 21 މަޝްރޫއެއް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި މިސްކިތް އެޅުމަށް 17 މަޝްރޫއެއްގައި ސޮއިވެސް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި މިސްކިތް އެޅުމުގެ ގިނަ މަޝްރޫއުތަކެއް އިރާދަކުރެއްވިއްޔާ ނިމޭނެ ކަމަށެވެ.

"މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ މިސްކިތް އިމާރާތް ކުރެވޭ އަހަރަށް ވެގެންދާނެ. 2025" ރައީސް ވިދާޅުވި އެވެ.

މިސްކިތްތައް އަޅާ ރަށްތަކުގެ ތެރޭގައި ކޮންމެ އަތޮޅަކުން ވެސް ރަށެއް ހިމެނެ އެވެ އޭގެ ތެރޭގައި އައްޑޫ ހުޅުމީދޫ، ހިތަދޫ، ފުވައްމުލައް ސިޓީީ، ފ. ނިލަންދޫ، ހއ. ބާރަށް ފަދަ ރަށްރަށް ހިމެނެ އެވެ.

އަންނަ އަހަރަށް އިސްލާމީ ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި މިސްކިތްތައް އެޅުމާއިއެކު އިސްލާމިކް ސެންޓަރު އެޅުމުގެ އިތުރުން ގުރުއާނާ މެހޭ މަރުކަޒުތައް އެޅުން ވެސް ހިމެނޭކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެގޮތުން އަންނަ އަހަރު 20 ރަށެއްގައި އިސްލާމީ ދާއިރާތަކާ ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.