214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި: ރައީސް

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޑޮލަރު މާރުކުރުމަށް ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބޭ ކަމަށެވެ.
އަދި މިތޮށް ބޭންކުތަކަށް ގަވައިދުން މާރުކުރާނަމެ ލިބޭ ފައިދާތަކުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވި އެވެ.
"ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކުރުމާ ބޭރަށް ފުރާ މީހުންނަށް ފައިސާ ދޫކުރަ ވަރު އިތުރުކުމާއި ޓީޓީ ހެދުމުގެ ފަސޭހަތަކާއި މިހެން ގޮސް ވަރަށް ގިނަ ކަންތައްތަކެއް" ރައީސް ވިދާޅުވި އެވެ.
ބޭރު ފއިސާ މާރުކުރުމުގައި އެކި އުސޫލުތައް އެކި ތަންތަނަށް އޮތީ ކަނޑައަޅައިފަ އެވެ.
ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
