ޖެނޮސައިޑެއް ކަަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަކީ ފަހުރިވެރިވާ ކަމެއް ކަމަށް

އިޒްލޭރުން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަނިޔާތަކަކީ ނަސްލެއް ނައްތާލުމަށް ހިންގަމުން އަންނަ ޖެނޮސައިޑެއް ކަމަށް ސިފަ ކުރައްވާ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަކީ ދިވެހިން ފަޚްރިވެރިވާ ފަދަ ހާރިޖީ ސިޔާސަތެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ފާއިތުވި އަހަރު ދުވަހު، ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
"އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ދިވެހި ރާއްޖޭއިން ފަޚްރުވެރިކަމާއެކު ނިންމި ނިންމުމެއް. އެއީ ޖެނޮސައިޑަލް ވާއެއް، އެ އެތްރޮސިޓީސްއާ ދެކޮޅަށް، ފަލަސްތީނާ އެއްކޮޅަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެއް" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށްވި ނަމަވެސް، އިޒްލޭރު ޕާސްޕޯޓް މަނާކުރުމަކީ، ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ނިންމި ނިންމުމެއް ކަަމަށެވެ. އަދި ރައީސް ވިދާޅުވީ، އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.
އިޒްލޭލު ޕާސްޕޯޓް މަނާކުރަން މަޖިލީހުން ނިންމީ މިދިޔަ އޭޕްރީލް މަހު 15 ދުވަހުއެވެ. އެ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.
