ޚަބަރު

މެދުދެކުނު ރަށެއްގެ ސްކޫލުގެ ބައެއް ދަރިވަރުންނަށް "ޖިންނީގެ" އުނދަގޫ ފޯރާ މައްސަލަ އަނެއްކާ ވެސް ފެންމަތިވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ސިހުރުގެ ކިޔެވެލިތަކެއް ލިޔެފައިވާ ކިހާކެއް

މީގެ އަހަރުތަކެއް ކުރިންސުރެ މެދުދެކުނުގެ ރަށެއްގެ ސްކޫލެއްގެ ބައެއް ދަރިވަރުންނަށް ދިމާވަމުން އަންނަ ގޮތް ނޭނގޭ ކަންތައްތަކެއް އަނެއްކާ ވެސް ކުރިމަތިވެގެން އުޅޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

"ދެން" އާއި ވާހަކަ ދެއްކި އެ ސުކޫލުގެ ބެލެނިވެރިއަކު ބުނީ މި ހަފްތާގައި ދެ ކުއްޖަކަށް އެ އުނދަގޫ ވެއްޖެ ކަމަށާއި އެކުދިންނަށް މިހާރު ރުޤްޔާ ކުރަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުދީންނަށް ދިމާވަނީ ޖިންނީންގެ އުނދަގުލެކެވެ. ޖިންނި ފެނި ބައެއް ކުދިން ރޯއިރު އަނެއް ބައި ކުދިންގެ ހަށިގަނޑަށް ބާރު އަރާ ގޮތް ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ދެން"އާ ވާހަކަ ދެއްކި ރުގްޔާ ކުރާ މީހަކު ބުނީ ކުދީންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ ސުކޫލުގެ ވަކި ހިސާބަކުން ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ، އަދި ކުދީންނަށް ފޯރާ އެ އުނދަގުލަކީ ޖިންނި ޝައިތާނުންގެ އެސްފީނާގެ ސަބަބުން ވާ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭނާ ބުނީ ރުގްޔާ ކުރަން ފެށުމުން ޖިންނި ވެސް ހާޟިރުވާ ކަމަށާއި އަދި ރުގްޔާގެ ފަރުވާ ފެށުމުން ޖިންނީގެ އުނދަގޫ ފުރަތަމަ ބޮޑު ވާ ކަމަށެވެ.

އޭނާ ބުނީ މިހާރު ރުގްޔާ ކުރަމުންދާ ކުއްޖާއަށް ސުކޫލު ތެރެއިން ޖިންނީގެ އުނދަގޫ ފެށުނު ނަމަވެސް މަގުމަތީން އަދި ގޭތެރޭން ވެސް މިހާރު އެކުއްޖާއަށް އުނދަގޫ ފޯރާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އުނދަގޫ ފޯރާ ކުދީންނަކީ ކިޔެވުމަށް މޮޅު ކުދީންނެވެ.

"ދެން"އާ ވާހަކަ ދެއްކި މިހާރު ސުކޫލު ނިންމާފައިވާ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ އޭނާގެ ދަރިފުޅަށް ވެސް އުނދަގޫ ފޯރި ކަމަށާއި އެކަން ރަނގަޅުވީ މާލެއަށް ގޮސް ރުގްޔާ ކުރުމުން ކަމަށެވެ.

ސުކޫލުން ޖިންނީގެ އުނދަގޫ ފޯރި އަދި ސުކޫލު ނިމިފައިވާ އެއް ކުއްޖަކު މިހާރު ވެސް އެކަމުގެ ވޭނުގައި ދުވަސްތައް ހޭދަ ކުރަމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދަރިވަރުންނަށް ފޯރަމުންދާ މި އުނދަގޫތަކާ ގުޅިގެން އެ ސުކޫލުގެ ޕްރިންސިޕަލް އަށް "ދެން" އިން ގުޅުމުން ވިދާޅުވީ އެފަދަ ރޫހާނީ ކަމެއް ސުކޫލުގައި ނޫޅޭ ކަމަށެވެ. ނަމަވެސް މި ހަފްތާގައި ދެކުއްޖަކު ބަނޑުގައި ރިއްސާތީ އެކަން އޮފީހަށް އެންގުމުން ބެލެނިވެރިންނަށް އަންގާ ބެލެނިވެރިޔާއާއެކު ގެއަށް ފޮނުވި ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މީގެ އަހަރުތަކެއް ކުރީންސުރެ ހިނގަމުން އަންނަ ކަމެކެވެ. މިކަމާއި ގުޅިގެން ކުރީން އެސުކޫލަށް ޒިޔާރަތް ކުރި އެޑިޔުކޭޝަން މިނިސްޓްރީގެ ވަފުދެއްގެ ލަފާގެ މަތީން ސުކޫލުގައި ހުންނަ ގަހެއް ވެސް ވަނީ ކަނޑާލާފައެވެ.

މި މައްސަލައަކީ އަތޮޅު ތެރޭގެ ބައެއް ސުކޫލުތަކުގައި އެކި ދުވަސްވަރު ދިމާވަމުން އަންނަ މައްސަލައެކެވެ،


ސިޙުރު ހެދުމަކީ ޝައިޠާނީ ޢަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫޙުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

  1. ރަށު މީހާ

    މީ ކޮން ރަށެއް ގައި ހިގާ ކަމެއް