ޚަބަރު

އެސްޑީއެފަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފި

. ، ދެން އޮންލައިން
ރައީސް މުއިއްޒު--

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް 121 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ދިގު ޕްރެސްގައި ރައީސް މުއިއްޒު ވިދާޅުވީ 17 ނޮވެންބަރު 2023 ގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު އެސްޑީއެފް ގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ.

ނަމަވެސް، 30 އެޕްރީލް 2025 ގެ ނިޔަލަށް އެ އަދަދު 121 މިލިއަނަށް އިތުރުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭރުގެ ދަރަނި ދައްކަމުން، އެސްޑީއެފް ފަންޑަށްވެސް ފައިސާލަމުން، އަޅުގަނޑުމެންގެ ހަރަދުތައް ކުރަމުން، މުޅި އިކޮނޮމީގެ ކަންކަން މެނޭޖުކުރަމުން މިދަނީ...ޕްލޭން ކުރެވިގެން، ތަރުތީބަކުން"، ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ޕްރެސްގައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުންވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ލޯނު އަނބުރާ ދެއްކުމަށް އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން 2022 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ހިމެނޭ ކަމަށެވެ.

އަދި ރާއްޖޭގެ ފިސްކަލް ހާލަތަށް ބަލާއިރު، 1 ޖަނަވަރީ 2025 އިން 24 އެޕްރީލް 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ހިލޭ އެހީގެ ޖުމުލައަކީ 12.4 ބިލިއަން ރުފިޔާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ހަމަ މި މުއްދަތުގެ ތެރޭގައި ޖުމުލަ ހަރަދަކީ 10.5 ބިލިއަން ރުފިޔާ. މިއީ ޖުމުލަ ހަރަދު. ދެން އޯވަރޯލް ބަޖެޓު ސާޕްލަސް އަކީ 1.9 ބިލިއަން ރުފިޔާ އަދި ޕްރައިމަރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާގެ ސާޕްލަސް އެއް"، ވިދާޅުވި އެވެ.

Ads by Ooredoo