ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ މާދަމާއިން ފެށިގެން އަންނަ ބުރާސްފައްޗާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭއިރު ބައެއް ރަށްތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އަދި ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއެކު ކަނޑުތައް ގަދަވުުމުގެ ފުރުސަތު އޮތްކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުކޮށް އަވިގަދަ ނަމަވެސް ދޭތެރެ ދޭތެރެއިން ކުއްލިއަކަށް ބޯކޮށް ވިއްސާރަވެހި ބޮޑެތި ގެއްލުންތައް ލިބެެ އެވެ.
ހާއްސަކޮށް މާލޭގައި އެފަދަ ދުވަސް ދުވަހު ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑެވެ.