Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

މާލެ، ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކް ސަރަހައްދުގަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ދުވާ ޓްރެކް ކައިރިން އިރުން ހުޅަނގަށް ދަތުރުކުރަމުން ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުވި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ހަވީރު 5:25 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގަ އެވެ.

އެކްސިޑެންޓުވި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް