Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފިރިހެން ނަރުހަކަށް ގަނާކުރި މައްސަލަ ކުށްވެރިކޮށްފި

ފިރިހެން ނަރުހަކަށް ގަނާކުރި މައްސަލަ ކުށްވެރިކޮށްފި

ބައިނަލްއަގުވާާމީ ނަރުހުންގެ ދުވަހާ ގުޅިގެން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދެއްކި ފިރިހެން ނަރުހަކަށް ގަނާާކުރި މައްސަލަ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން(އެމްއެޗްޕީޔޫ)އިން ކުށްވެރިކޮށްފި އެވެ.

އެމްއެޗްޕީޔޫއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މީހެއްގެ ސިފައަކާ ގުޅިގެން މީހަކަށް ގަނާކުރުމަކީ ތަހުޒީބީ މުޖުތަމައުއެއްގައި ފެނިގެން ނުވާނެ ވަރަށް ދަަށު ދަރުޖައިގެ އަމަލެއް ކަމަށެވެ.

އެމްއެޗްޕީޔޫ އިތުރަށް ބުނީ ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ރޯލެއް އަދާކޮށް ބަލި މީހުންނާ ވަރަށް ގާތުން މަސައްކަތް ވެސް ކުރާ ބައެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި ނަރުސްކަމަކީ ހަމައެކަނި އަންހެނުންނަށް ހާާއްސަކޮށްފައިވާ ވަޒީފާއެއް ނޫން ކަމަށާއި އަދި އެއީ ދެ ޖިންސުވސް ޝާމިލުވުން ވަރަށް ބޮޑަަށް މުހިންމު ދާއިރާއެއް ކަމަށް ވެސް އެމްއެޗްޕީޔޫއިން ބުންޏެވެ.

ގަނާާގެ އެފަދަ އަމަލުތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުމަށް އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ކޮންމެ ހޮސްޕިޓަލަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބޭނެ ގޮތް ހެދުމަށް ވެސް އެމްއެޗްޕީޔޫއިން ގޮވާލި އެވެ.

އަދި ހޮސްޕިޓަލުތަކުގައި ސިއްހީ ހިދުމަތްތެރިންނަށް ދިމާވާ އެފަދަ ކަންކަމާ ގުޅިގެން ގާނޫނުން ދެވިފައިވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެމްއެޗްޕީޔޫއިން ގޮވާލި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް