ވިޔަފާރި

ފަރުކޮޅުފުށީގައި ނާސަރީއެއް ތަރައްގީކުރަނީ 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަރުކޮޅު ފުށީގައި ނާސަރީއެއް ތަރައްގީކުރަން އެމްއޯޔޫއެއްގައި ސޮއިކުރުން--

ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރަން ނިންމައިފި އެވެ.

Ads by STELCO

މިއަދު ޓޫރިޒަމް މިނިސްޓްރީއާއި އެޗްޑީސީއާއެކު އެކަމާ ގުޅޭ އެމްއޯޔޫއެއްގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ.

މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރާ ނާސަރީއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މިނިސްޓްރީން ތަރައްގީކުރާ މި ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ކުރާނީ އެޗްޑީސީގެ ބެލުމުގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތަކުގައި އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި މިދިޔަ ފެބްރުއަރީ މަހު ސޮއިކޮށްފައި ވެއެވެ.

އެއް މިލިއަން ގަސް އިންދުމުގެ ހަަރަކާތުގެ ތެރެއިން ހުޅުމާލެއާއި ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި ވެސް ގަސް އިންދަން ވަނީ އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

"މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ." އެޗްޑީސީން ބުންޏެވެ.

Ads by Allied Insurance