ދުނިޔެ

ޓައިވާނުގެ ސަރަޙައްދާ ކައިރިން 29 ޗައިނީޒް މަތިންދާބޯޓާއި 9 ކަނޑުބޯޓު ފާހަގަކުރެވިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ދިފާޢީ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ޓައިވާނުގެ ސަރަޙައްދާ ކައިރިން 29 ޗައިނީޒް މަތިންދާބޯޓާއި 9 ކަނޑުބޯޓު ދަތުރުކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިއްޔެ ހެނދުނު 6:00 އިން މިއަދު ހެނދުނު 6:00 އަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

Ads by MPL

ދިފާޢީ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި މަތިންދާބޯޓުތަކުގތަކުގެ ތެރެއިން 21 ބޯޓު ވަނީ ޓައިވާން ސްޓްރެއިޓްގެ މެދުތެރެއިން ދަތުރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސޫ-30 އާއި ޖޭ-10 ފަދަ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކެވެ. މިއީ ޓައިވާނާއި ޗައިނާ ދެމެދުގައި އޮންނަ ސަރަޙައްދީ ބޯޑަރެވެ.

ޓައިވާނުގެ އިސްވެރިން މި ކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، މިފަދަ ޙަރަކާތްތަކަކީ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި ޓައިވާނުގެ ސަލާމަތީ ބާރުތަކުން މި ހާލަތު ގާތުން ބަލަހައްޓަމުންދާ ކަމަށާއި، އެއްވެސް އިތުރު ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ތިބިކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާގެ ފަރާތުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ޗައިނާއިން އާންމުކޮށް ބުނަމުން އަންނަނީ މިފަދަ ސަރަޙައްދީ ދަތުރުތަކަކީ އެ ޤައުމުގެ ޙައްޤެއް ކަމަށާއި، ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ވަނީ އިތުރުވެފައެވެ. ގިނަ ޤައުމުތަކުން ގޮވާލަމުންދަނީ ދެ ފަރާތުން ވެސް ހަމަޖެހުމާއެކު މައްސަލަ ޙައްލުކުރުމަށެވެ. މި ސަރަޙައްދުގައި އިތުރު ގެއްލުމެއް ނުވަތަ ހަނގުރާމައެއް ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!