ޚަބަރު

އާއިލާއިން އެއްބާރުލުން ނުދޭތީ ޔުމްނުގެ ބަޔާން ނަގަން މެލޭޝިޔާގެ އެހީ ހޯދަނީ

. ، ދެން އޮންލައިން
ޔުމްނު ބަލި އެނދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން މެލޭޝިޔާ ފުލުހުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިޔާގައި ފަރުވާދެމުންދާއިރު އޭނާގެ ބަޔާން ނެގުމަށް އައިލާގެ އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޔުމްނު މެލޭޝިޔާ އަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި 2 ފުލުހުން އެ ގައުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެއް ފުލުހަކީ ޑޮކްޓަރެއް ކަމަށެވެ.

ޔުމްނުގެ ސިއްހީ ހާލާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަަށްވެސް ބުންޏެވެ.

"މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައިނުވޭ" ފުލުހުން ބުންޏެވެ.

އެހެންވެ މެލޭޝިޔާ ފުލުހުންނާ ގުޅިގެން ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo