ޚަބަރު

އ.ދ އިން ރާއްޖެއަށް ކަނޑައެޅި ރެޒިޑެންޓް ކޯޑިނޭޓާ މަގާމުގެ ފަތްކޮޅު ރަައީސަށް އަރުވައިފި

. ، ދެން އޮންލައިން
އދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅި ރެޒިޑެންޓް ކޯޑިނޭޓާ/ ފޮޓޯ: ރައީސް އޮފީސް

އ.ދ އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓާ ހައޯ ޖަންގް އޭނާގެ މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.

Ads by MPL

އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ހައޯ ޖަންގް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

އ.ދ އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓާ މަގާމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފަ އެވެ.

އެއަށްފަހު ރައީސް ވަނީ ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ގާއިމުކުރުން ފަދަ ކަންކަމުގައި އދ. އިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގައި އ.ދ ގެ ބައިވެރިވުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ހަމައެއާއެކު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަންފީޒުކޮށް، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އ.ދ ގެ ފުރިހަމަ އެއްބާރުން ދެއްވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަހަރަކީ ރާއްޖެ އ.ދ ގެ މެންބަރަކަށް ވިތާ 60 އަހަރުފުރޭ އަހަރެވެ.

Ads by Ooredoo