ޚަބަރު ދީން

އީދު ކުޅިވަރުގެ ނަމުގައި އަންހެނުން ނެރެގެން ނެއްޓުވުމަކީ ހިތާމަ ހުރި ކަމެއް: ޝެއިހް ފިކުރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝެއިހް ހަސަން މޫސާ ފިކުރީ: ވިދާޅުވެފައި ވަނީ ސަގާފަތާއި ގައުމިއްޔަތުގެ ނަމުގައި ހިންގާ މުންކަރާތްތަކާ މެދު ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ސަގާފަތާއި ގައުމިއްޔަތުގެ ނަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ މުންކަރާތްތަކާ މެދު ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

Ads by MPL

ޝެއިހް ފިކުރީ އެހެން ވިދާޅުވެފައި ވަނީ އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ސަގާފަތާއި ގައުމިއްޔަތުގެ ނަމުގައި ދައުލަތުގެ ވުޒާރާތަކާއި ކައުންސިލުތަކުން އީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސު މަސްހުނިކޮށް އަންހެންވެރިން ނެރެގެން ނައްޓުވައިގެން ހިންގާ މުންކަރާތްތައް ދިރުވާ އާލާ ކުރުމަކީ ހިތާމަހުރި ކަމެއް،" ޖަމްއިއްޔަތުއްސަލަފުގެ އިލްމުވެރިންގެ މަޖުލީހުގެ މެމްބަރު ޝެއިހް ފިކުރީ ކަންބޮޑުވުން ފާޅުކުރައްވަމުން ލިޔުއްވާފައިވެ އެވެ.

އަދި މި މުންކަރާތްތައް ހުއްޓާލުމަށް ޝެއިހް ވަނީ ދައުލަތަށް ގޮވާލައްވާފަ އެވެ.

"އެކްސް" ގައި ލިޔުއްވާފައިވާ ލިޔުންކޮޅު ނިންމަވާލައްވާފައި ވަނީ ކުރިއަށް މި އޮތް ހައްޖު މަހުގެ ދުވަސްތަކުގައި އީދު ކުޅިވަރުގެ ނަމުގައި ހިންގާ ފާހިޝް މުންކަރާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވަމުންނެވެ.

މި އަހަރު ވެސް ރަސްމީކޮށް ސަރުކާރުން ބޮޑު އީދު ތިން ރަށެއްގައި ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!