Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައި ދަރިވަރުން ގެއަށް ފޮނުވައިފި

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައި ދަރިވަރުން ގެއަށް ފޮނުވައިފި

މާލެ އާއި ހުޅުމާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން މިއަދު ބަންދުކޮށްފި އެވެ.

ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. އަދި އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދީފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "ދެން" އަށް މިއަދު ވިދާޅުވީ، ކަރަންޓު ކެނޑުމުގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ މެންދުރުގެ ދަންފަޅި ކެންސަލްކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި ހަބަރު ލިޔުމާއި ހަމަޔަށް ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުނުވެ އެވެ. އެކަމަކު ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯީއިން ވަނީ ބުނެފަ އެވެ.

އަދި އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑުނު މައްސަލައިގެ ހާއްސަ ތަހުުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް