Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމެޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އިނގިރޭސި ބަހުން ގެނެސްދޭ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން، މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު އެރުވި އެވެ.

މޯދީ ރާއްޖެ އަށް ވަޑައިގެންނެވުމާ ގުޅޭ ގޮތުން އިންޑިއާ ނުވަތަ ރާއްޖޭގެ ސަރުކާރުން ރަސްމީކޮށް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

Advertisement
Allied — Dhen Online (box)

މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. މޯދީ މި ފަހަރު ރާއްޖެ ކުރައްވާ ދަތުރުފުޅުވެގެންދާނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާގައި އެންޓި ކެމްޕޭނެއްވެސް ހިންގި އެވެ.

އެކަމަކު ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވައި މޯދީއާ އެކު ރަސްމީ މަޝްވަރާތަކެއް ބޭއްވި އެވެ.

https://dhen.mv/245347

އޭގެ ފަހުން ދެ ގައުމުގެ އިސްވެރިން ގެންދަވަނީ ދޭތެރެ ދޭތެރެއިން ބައްދަލުކުރައްވަމުންނެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއަށް އެކި ކަންކަންކަމުގައި އެހީވެސް ދެމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް