Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އީދު ނަމާދު: މި ފަހަރު ހަތަރު ބޮޑު ޖަމާއަތާއި 24 މިސްކިތުގައި

އީދު ނަމާދު: މި ފަހަރު ހަތަރު ބޮޑު ޖަމާއަތާއި 24 މިސްކިތުގައި
މި ފަހަރުގެ ބޮޑު އީދުގައި މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ހަތަރު ޖަމާއަތުގައާއި 24 މިސްކިތެއްގައި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ. މި ފަހަރު އީދާ ދިމާވަނީ އަންނަ ހުކުރު ދުވަހާ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.

އޭގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި އީދު ނަމާދު ކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އީދު ނަމާދުކުރާ މާލޭގެ ބައެއް މިސްކިތްތައް
  • އިސްލާމީ މަރުކަޒު
  • ނޫރު މިސްކިތް
  • ފުރުގާން މިސްކިތް
  • ޝަހީދު އަލީ މިސްކިތް
  • ފަނޑިޔާރު މިސްކިތް
  • ސަލާހުއްދީން މިސްކިތް
އީދު ނަމާދު ކުރާ ހުޅުމާލޭގެ ބައެއް މިސްކިތްތައް
  • އަަޒީޒާ މިސްކިތް
  • ރަޝީދު މިސްކިތް
  • ހަސަން އާދަމް މިސްކިތް
ބޮޑު ޖަމާއަތުގެ އިތުރުން ވިލިމާލޭގައި އީދު ނަމާދުކުރާނީ މަސްޖިދުލް ސަލާމް މިސްކިތުގައި އެކަންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް