ޚަބަރު މުނިފޫހިފިލުވުން

އެކަތި ބޮޑުބެރުގެ ފޯރިގަދަ "އީދު ގޮމާ" ލަވަ ނެރެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެކަތި ބޮޑުބެރު ގުރޫޕުން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް "އީދު ގޮމާ" ގެ ނަމުގައި އަމިއްލަ ވީޑިއޯ ލަވައެއް މިއަދު ނެރެފި އެވެ.

Ads by STELCO

މި ލަވައަކީ އެ ގުރޫޕުން ނެރުމަށް ރާވާފައިވާ 231 އަލްބަމްގެ ލަވައެކެވެ.

މި ލަވައިގެ ލީޑް ރޯލުގައި ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި އެކަތި ބޮޑުބެރު ގުރޫޕުގެ ލީޑް ވޯކަލިސްޓް އަދި މެނޭޖަރު ހަމްދާން ސަލީމެވެ. މި ލަވައިގައި ދިވެހި ސަގާފީ ހަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގައި ދަފި ލުމުގެ ސަގާފަތް އޮންނަ ގޮތް ދައްކުވައިދީފައިވެ އެވެ.

ބ. ކިހާދޫގައި ޝޫޓުކޮށްފައިވާ މި ލަވައިގެ ނެށުމުގެ ބައިތަކުގައި އެކްސްޓްރީމް ލެވެލް އާއި އޮނަހިރި ބޮޑުބެރު ގުރޫޕުން ބައިވެރިވެފައިވެ އެވެ. މި ލަވައިގެ ޓްރެއިލާއަށް ލިބުނު ތަރުހީބު ފާހަގަކޮށްލެވެ އެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ނެރުނު ޓްރެއިލާ 250،000 އަށް ވުރެ ގިނަ މީހުން ބަލާފައިވާކަން ފާހަގަކުރެވެ އެވެ.

"އީދާ ގުޅުވައިގެން މި ފަހަރު މި ނެރޭ ލަވައަކީ ވެސް ގިނަ ބަޔަކަށް ކަމުދާނެ، ކާމިޔާބު ލަވައަކަށް ވާނެ ކަމަށް އުއްމީދުކުރަން،" އެކަތި ބޮޑުބެރު ގުރޫޕުން ބުނެފައިވެ އެވެ.

Ads by Allied Insurance