ޚަބަރު

ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވަގަށް ނަގާފައިވާ ސައިކަލަކާ އެކު ހައްޔަރުކުރި މީހާ: އޭނާގެ އަތުން ވަގަށް ނަގާފައިވާ އިތުރު ސާމާނުތައް ވަނީ ފެނިފައި / ފޮޓޯ:ފުލުހުން

ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ދުވަހު މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އެ މީހާގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި, އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައި ހުރުމުން، އިތުރަށް މައުލޫމާތު ސާފު ކުރުމުން އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ.

ވަގަށް ނަގާފައިވާ ސައިކަލަކާ އެކު ހައްޔަރުކުރި މީހާގެ އަތުން ފެނުނު ސާމާނުތައް / ފޮޓޯ:ފުލުހުން

ފުލުހުން ބުނި ގޮތުގައި އޭނާ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވާ ކަމުގަ އެވެ. އޭނާގެ އަތުން ފެނުނު ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވާކަން ފާހަގަކުރި އެވެ.

އެ ސާމާނުތަކުގެ އިތުރުން އޭނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance