ދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖައްވުން ވެސް ވޯޓް ލާނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ އެސްޓްރޯނަޓުން ވޯޓް ލާނެ ކަމަށް ދުނިޔޭގެ ޖައްވީ އިދާރާ ނާސާއިން ހާމަކޮށްފިއެވެ.

Ads by WAMCO

ނާސާއިން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މިވަގުތު ދުނިޔެއިން ބޭރުގައި ޖައްވުގައި މަސަކަތް ކުރަމުން އަންނަ އެމެރިކާގެ އެސްޓްރޯނަޓެއް ކަމަށްވާ ކޭޓް ރުބިންސް ބުނެފައިވަނީ. މިއަހަރުގެ ވޯޓްގައި އޭނާ ވެސް ބައިވެރިވާނެ ކަމަށެވެ.

"ޑިމޮކްރަސީގައި ބައިވެރިވުމަކީ ކޮންމެ މީހެއްވެސް ޒިންމާއެއް" ޖައްވުގައި ހުރެ އާއްމު ކުރި ވީޑިއޯއެއްގައި ކޭޓް ބުނެފައިވެއެވެ.

ކޭޓްގެ ވީޑިއޯގައި އޭނާވަނީ، އެމެރިކާގެ ރައްޔިތުންގެ ކިބައިން ވޯޓްގައި ބައިވެރިވުމަށް ގޮވާލާފައެވެ. މިގޮތުން ބުނެގައިވަނީ، "ޖައްވުގައި ހުރެ އަހަންނަށް ވޯޓް ލެވޭނަމަ، ބިމުގައި ހުރެ ޥޯޓް ލުމަކީ އުނދަގޫ ކަމަށް ނުވާނެ" މިހެންނެވެ.

ސްޕޭސް ސްޓޭޝަން މަސައްކަތް ކުރާ އެސްޓްރޯނަޓުން މިއީ ވޯޓްލާ ފުރަތަމަ ފަހަރެއް ނޫނެވެ 2016 ވަަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެސް ޖައްވީ އިދާރާގެ އެސްޓްރޯނަޓުން ވަނީ ވޯޓްލާފައެވެ.

މިވަގުތު ދުނިޔެއާ 200 ކިލޯ މޭލު މަތީގައި އެބުރެމުން އަންނަ އިންޓަރނޭޝަން ސްޕޭސް ސްޓޭޝަންގައި މަސައްކަތް ކުރާ އެސްޓްރޯނަޓުންގެ ތެރެއިން ވޯޓް ލުމުގެ ޙައްޤު ލިބިގެން ވަނީ ހަމައެކަނި ޓެސްސިސްގައި ރެޖިސްޓްރީ ވެފައިވާ މީހުންނަށް އެކަންޏެވެ. އެ ސްޓޭޓްގެ ޤާނޫނުން، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން މިގޮތަށް ލާ ވޯޓް ޤަބޫލު ކުރެއެވެ.

އެމެރިކާގެ އިންތިޚާބުގައި މިފަހަރު ވާދަ ކުރަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕް އަދި ޖޮއި ބައިޑަން އެވެ. ޕޯލްތަކުން ދައްކާ ގޮތުގައި ކުރީގައި އުޅުއްވަނީ ބައިޑަންއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!