އެކްސިޑެންޓް ވުމުން ފިލި މީހަކު ހައްޔަރުކޮށްފި

މިދިޔަ ހޯމަ ދުވަހު ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ އެއް ސައިކަލު ދުއްވި މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޖަނާން މުހައްމަދު (26އ) އެވެ.
ފުލުހުން ބުނީ ޖަނާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުވެސަ ކޮށްފަައިވާ ކަމަށެވެ.
ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށެވެ.
ތިރީސް އަށް އަހަރުގެ ދިވެހި އެ ފިރިހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އެ މީހާގެ ފައިގެ ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންގެ ވެސް ލައިސަންސް އޮންނަ ކަމަށެވެެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.