ރާއްޖޭގައި ޤުރުއާން ހިތުދަސްކުރަމުންދާ މީހުންގެ އަދަދު 1400އިން މަތީގައި

ރާއްޖޭގައި ޤުރުއާން ހިތުދަސްކުރަމުންދާ މީހުންގެ އަދަދު 1400އިން މައްޗަށް އަރައިފަ އެވެ.
ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ފެށީ މިދިޔަ މަހުގެ އޭޕްރީލް މަހު އެވެ. އަދި އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ މޭ މަހުގެ ފަސަ ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެކްސްގައި ވަނީ ޤުރުއާން ހިތުދަަސް މިހާރު ކުރަމުންދާ މީހުންގެ ތަފާސް ހިސާބު މިރޭ އެކްސްގައި ހާމަ ކުރައްވައިފަ އެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ 20 މަރުކަޒެއްގައި 1434 ދަރިވަރަކު ދަނީ ޤުރުއާން ހިތުދަސް ކުރަމުން ނެވެ. އޭގެ ތެރޭގައި 783 އަންހެން ދަރިވަރުންނާއި 651 ފިރިހެން ދަރިވަރުން ހިމެނެ އެވެ.
އެންމެ ގިނަ ބަޔަކު ޤުރުއާން ހިތުދަސް ކުރަމުން ދަނީ ގްރެޓާ މާޅޭ ކީރިތި ޤުރުއާނާ ބެހެ މަރުކަޒާއި އަތޮޅު ތެރޭގައި ހުންނަ އެ މަރުކަޒުގެ ގޮފިތަކުން ނެވެ.
ގުރުއާން ހިތުދަސް ކުރާ ހާފިޒުންނަށް 2014 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ މެޑަލް ދެއްވަމުންދާ އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު28 ހާފިޒަކަށް މެޑަލް ދިނެވެ.