ޚަބަރު

ޓިޖީއެސްޓީގެ ގޮތުގައި 17 ޕަސެންޓް ނަގަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަތުރުވެރިންތަކެއް

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ 17 ޕަސެންޓް ރޭޓުގައި މިއަދުން ފެށިގެން ނަގަން ފަށައިފި އެވެ.

Ads by MPL

ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެމްބަރަކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު  މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ބިލެއް ހުށަހަޅައި އޮތީ ފާސްކޮށްފަ އެވެ

އެ ބިލުގައި ބުނާ ގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިއަދުން ފެށިގެން ނަގާނީ 17 ޕަސެންޓްގެ ޓެކްސް އެކެވެ. އަދި އެ އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ވަނީ އެ ރޭޓުގައި ޓީޖީއެސްޓީ ނަގަން ފަށައިފަ އެެވެ.

އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން ދިޔައީ 16 ޕަސެންޓެވެ.

ބާރަ ޕަސެންޓުގައި ނަގަމުންދިޔަ ޓީޖިއެސްޓީ 16 ޕަސެންޓަށް ބޮޑުކުރީ ނިމިގެން ދިޔަ ސަރުކާރުގައި 2023 ވަނަ އަހަރުން ފެށިގެން ނެވެ.

Ads by Ooredoo