ޚަބަރު

ކައުންސިލު އިންތިހާބުގައި އެމްޑީއޭއިން ގިނަ ދާއިރާތަކަކަށް ވާދަކުރަނީ

. ، ދެން އޮންލައިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ގިނަ ދާއިރާތަކަކަށް ވާދަކުރާނެކަން އިއުލާންކޮށްފި އެވެ.

Ads by STELCO

އެކަން އިއުލާންކުރީ އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް  އެވެ.

"އެކްސް'' ގައި ކުރި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ އެމްޑީއޭގެ ފަރާތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އޮންނާނެ  ކަމަށެވެ.

އެހެން ކަމުން ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭ އިން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތަށް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭގެ ފަރާތުން ގިނަ ދާއިރާ ތަކަކަށް ވާދަކުރާނެ

އައްބާސް ވިދާޅުވީ އެމްޑީއޭ އަކީ އަބަދުވެސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ބަސްބުނެ ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިނގަމުންދާ ސިޔާސީ ޕާޓީއެއް ކަމަށެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.

Ads by Allied Insurance