ޚަބަރު

ފަނޑިޔާރުންނާއި އާއިލާއަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

. ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ/ ފޮޓޯ:ދެން އިމޭޖްސް

ފަނޑިޔާރުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އަދި އެބޭފުޅުންގެ ޑިޕެންޑެންޓުން، މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އިންޝިއުރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެދުމުގެ މަތިންކަމަށް އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި ބުނީ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ. އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް ބުންޏެވެ.

ބީލަމުގައި ބައިވެރިވުމަށް  -/500ރ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 170,550.00ރ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުންޏެވެ.

Ads by Ooredoo