ޚަބަރު

އައްޑޫއާއި ފުވައްމުލަކުގައި އައިޑީ ކާޑު ހަދައިދޭން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުވައްމުލަކުގައި އައިޑީ ކާޑު ހަދައިދޭން ފެށުން

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް އައްޑޫއާއި ފުވައްމުލަކު ސިޓީގައި މިއަދު ފަށައިފި އެވެ.

Ads by STELCO

ްޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން(ޑީއެންއާރު)އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ހިދުމަތް އައްޑޫއާއި ފުވައްމުލަކުގައި ފެށިކަން ޔަގީންކޮށްދީފަ އެވެ.

އައްޑޫގައި އައިޑީ ކާޑު ހަދައިދެނީ ހުޅުދޫ އަދި ހިތަދޫގައި ކަމަށް ވެސް ޑީއެންއާރުއިން ބުންޏެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.

އަދި އެ ވައުދުފުޅާ އެއްގޮތަށް މިިދިޔަ ނޮވެމްބަރު މަހު ގއ. ވިލިނގިލީގައި އެ ހިދުމަތް ފަށައި ސަރުކާރުން ވަނީ  އަތޮޅުތެރޭގެ އެހެން ރަށްތަކަށް ވެސް އެ ހިދުމަތް ފުޅާކުރަން ފަށައިފަ އެވެ.

އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އެ ހިދުމަތް ފެށުމަށް ވެސް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމި ދަތުރުފުޅުގައި ވަނީ މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ޕްރިންޓްކުރުމުގެ ހިދުމަތް ވަނީ ފަށައިފަ އެވެ.

ްައަދި ސަރުކާރުން މިހާރު ދަނީ ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި އެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ

Ads by HDC