Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެެވެ.

ރަހީނުކޮށްފައި ހުރި ސާޅީސް ހަތަރު އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ސަލާމަތްކޮށް ފުލުހުން ވަނީ ރަހީނުކުރުމުގައި އުޅުނު އިބްރާހިމް ސައީދު ސުވާސާގެ/ސ. ފޭދޫ, އިބްރާހިމް ސައީދު (48އ.) އިއްޔެ ހައްޔަރުކޮށްފަ އެެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ސައީދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރަހީނުކޮށްފައި ހުރި މީހާ އަށް އަނިޔާ ކޮށްފައިވާތީ އޭނާއަށް ފަރުވާ ދޭން އައިޖީއެމްއެޗްއަށް ވެސް ގެންދިޔަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް