ޚަބަރު

ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ގައި ބައިވެރިވާން 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސިފައިންގެ އޮފިސަރުންތަކެއް/ފޮޓޯ: ރައީސް އޮފީސް

މަދަރުސީ ދައުރުން ނަތީޖާ ނުނެރެވިގެންނާއި ތައުލީމާއި ތަމްރީނުގެ ފުރުސަތެއް ނުލިބި ތިބޭ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ފަށާ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

Ads by MPL

ޑިފެންސް މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނީ މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބު ކުރުމަށް ފަހު، އެ ތަރުތީބު ބަލައިގެން ކަމަށެވެ. ތަމްރީނުގެ އެއްބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑިފެންސުން ބުނީ އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށްވެސް ތަމްރީނުގެ ޖާގަ ލިބިފައިވާގޮތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓު ކުރުވިފައިވާ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވް ކެނޑިޑޭޓުންގެ ގޮތުގައި ސޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާގުޅޭ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ފަރާތެއް ދިވެހި ވަތަނީ ހިދުމަތުގައި ތަމްރީނުކުރުމަށް ވަނީ ނިންމައިފަ އެވެ.