މުނިފޫހިފިލުވުން

އެންސީބީން ދީޕިކާ، ސާރާ އަދި ރަކުލްގެ ފޯނު ހިފަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރު ވެފައި މިވަނީ ބޮޑު މައްސަލަތަކެއް ބޮލީވުޑަށްް ކުރިމަތިކޮށްފައިވާ މަރަކަށެވެ. އޭނާ މަރުވީ ނަފްސާނީ ބަލީގެ ޝިކާރަައަކަށް ވެގެން ކަމަށް ބުނެ ދެކެވެމުންދިޔަ ވާހަކަތައް މިހާރު ބަދަލުވެފައި މިވަނީ ސުޝާންތަކީ މަސްތުވާތަކެތި ބޭނުންކުރި މީހެއް ކަމުގައެވެ.

Ads by STELCO

އެކަމުގެ ތަހުގީގު ކުރުމުން އޭނާއަަށް މަސްތުވާތަކެތި ހޯދައިދީ އެކަމުގައި އެންމެ ގާތްކޮށް އުޅުނު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ މިހާރު ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރު ކޮށްފައެވެ.

އެތަހުގީގުގައި ރިއާ ބުނެފައި ވަނީ އެކްޓްރެސް ސާރާ އަލީ ޚާން އާއި ރަކުލް ޕްރީތު ވެސް ސުޝާންތު އާއެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށެވެ. އެކަމުގެ ތަހުގީގަށް އިއްޔެ ސާރާ އާއި ރަކުލް އެންސީބީ އަށް ހާޒިރު ކުރުމުން، ސާރާ ބުނީ ސުޝާންތާއި ލޯބީގެ ގޮތުން ގުޅުނު ނަމަވެސް މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށެވެ. ރަކުލް ވަނީ އޭނާއަށް ރިއާ އެތަކެތި ހޯދައިދިން ކަމަށް އެއްބަސް ވެފައެވެ.

މިތަހުގީގުން މަސްތުވާތަކެއްޗާއި ގުޅުމެއްވާ ކަމަށް ހާމަވެފައި ވާ ބޮލީވުޑްގެ އެއް ތަރި އަކީ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން އެވެ. އޭނާ ވެސް އިއްޔެ ސުވާލުކުރަން ހާޒިރު ކޮށްފައިވާއިރު، ދީޕިކާ ވަނީ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަތުން "ހޭޝް" ހޯދަން އެހި ކަމަށް އެއްބަސް ވެފައެވެ.

އެންސީބީން މިހާރު ވަނީ ސާރާ، ރަކުލް އަދި ދީޕިކާ ގެ ފޯނު ފޮރެންސިކް ތަހުލީލަށް ހިފަހައްޓާފައެވެ. އެމީހުން ބޭނުންވަނީ ބޮލީވުޑްގައި މަސްތުވާތަކެތި ބޭނުންކޮށް ސަޕްލައި ކުރާ އެންމެން ހޯދުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!