Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވެއްޖެ

ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވެއްޖެ

ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯ މެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހިމް މުސްތަފާ ރޭ އަވަހާރަވެއްޖެ އެވެ.

އުމުރުން 57 އަހަރުގައި ޑރ. އިބްރާހިމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީއިރު އެމަނިކުފާނު ހުންނެވީ އިންޑިއާގެ ކޮޗިންގަ އެވެ.

އައްޑޫ ސިޓީ ހުޅުދޫއަށް އުފަން، ޑރ. އިބްރާހިމް ދިރިއުޅުއްވަނީ އާއިލާއާއި އެކު ޔޫއޭއީގެ ދުބާއީގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާލާސްކަންފުޅަށް އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ކޮޗިންއަށް ގެންދެވީ ރޭގެ ވަގުތެއްގަ އެވެ.

Advertisement
HDC — Sidebar (box)

ޑރ. އިބްރާހިމްގެ ޖަނާޒާގެ ކަންކަން މިއަދުގެ އަސަރުގެ ނަމާދަށް ފަހު ކޮޗިންގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ސިއްހީ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ޑރ. އިބްރާހީމް ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިންނެވެ. ހާއްސަކޮށް ތެލެސީމިއާގެ ދާއިރާއިން ގިނަ ދިރާސާތަކެއް ހައްދަވާފައިވެ އެވެ.

ޑރ. އިބްރާހިމް ވަނީ މޯލްޑިވްސް ބްލަޑް ސާވިސް އުފެއްދެވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ. އަދި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ކުރެއްވި އެވެ.

ޝީގެ ބައެއް މަގާމުތައް އަދާކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗުގައި ވެސް އެމަނިކުފާނު މަސައްކަތްކުރެއްވި އެވެ. އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް