ޚަބަރު

މާމިގިލި މޫދަށް ފީނަން ނުކުތް ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އދ. މާމިގިލީގައި ފީނަން ނުކުމެ އުޅެނިކޮށް ގެއްލުނު ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި ފީނަން ގޮސް އުޅުނީ ހަތަރު ކުއްޖެކެވެ. އޭގެ ތެރެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް  މިރޭ 7 ޖަހާކަށް ހާއިރު ރިޕޯޓްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި މާމިނގިލީ މީހުން ދިޔައީ ކުރަމުން ނެވެ.

ނަމަވެސް އޭނާ މަރުވެފައި އޮއްވާ މިހާރު ވަނީ ފެނިފަ އެވެ.

Ads by Allied Insurance