ޚަބަރު

ނެޝެނަލް ސާވިސްއަށް މީހުން ހޮވުމުގެ މަަަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ސާވިސްގެ (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަސަައްކަތް ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.

އެގޮތުން އެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުހަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.

މި މަރުހަލާގައި ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެ އެވެ.

އެ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މޯލްޑިވްސް ނޭޝަނަލް ސާވިސްއަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށާ ހިދުމަތެކެވެ.