ދެމަފިރިން ދުރުކުރަން ސިހުރު ހަދާފައިވާ ނަމަ އެނގޭނީ ކިހިނެއް؟
އެންމެ ޤަދީމީ ޒަމާނުއްސުރެން ފެށިގެން ވެސް ސިހުރު ހެދުމަކީ ދިވެހިންގެ ކަށިގައި ހިފައިފައިވާ ކަމެކެވެ. މިގޮތުން ބަލާއިރު ލޯބި ހޯދުމަށާއި ދެމަފިރިން ދުރު ކުރުމަށާއި ދެމަފިރިކަމުގެ ގުޅުން ހިންގިޔަ ނުދޭށާއި މަސްވެރިކަމަށާއި މީހުން މެރުމަށާއި މީހުން ބަލިޖެއްސުމަށާއި ބަލިބަލީގެ ފަރުވާއަށާއި މިހުރިހާ ކަމަކަށް ވެސް ފަންޑިތަ ސިހުރު ހަދާ އުޅެއެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ދެމަފިރިން ދުރުކުރަން ސިހުރު ހަދައިފައިވާ ނަމަ ފެންނާނެ އަލާމާތް ތަކަށެވެ.
ދެމަފިރިއަކު ދުރުކުރަން ހަދާ ސިހުރުގައި އެންމެ ބޮޑަށް ބަލާނީ އަނބިފިރިވަންތަކަމުގެ ގުޅުމަށް ހުރަސް އެޅުމަށެވެ. އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ ދެމަފިރިންގެ ހުރިހާ ކަމަކަށް އެކަމުން ހުރަސް އެޅޭނެތީއެވެ. ދެމަފިރިންގެ މެދުގައި އެންމެ ފަސޭހައިން މައްސަލަތައް ޖެހޭނީ އެކަމުގެ ސަބަބުން ކަމަށް ވާތީއެވެ.
އަންހެނަކަށް ހުވަފެނުގައި ލޭ ފެނިއްޖެ ނަމަ އެއީ ވިސްނައިލަން ޖެހޭނެ ކަމެކެވެ. ގިނަ ފަހަރު ލޭ ފެންނާނީ އަންހެން މީހާއަށް މައްސަރު ކަންތައް ޖެހުމުން އަންނަ ލޭ ބޭނުން ކޮށްގެން ސިހުރެއް ހެދުމުންނެވެ. މިފަދަ ގޮތަކަށް ސިހުރެއް ހަދައިފި ނަމަ ދެމަފިރިން ކައިރިވެ އުޅުމަށް ހުރަސް އެޅޭނެއެވެ. ގައިގައި ފިރިމީހާ ބީހިލި ނަމަވެސް ނަފްރަތު ކުރެވޭނެއެވެ. ރުޅިގަދަ ވެވޭނެއެވެ. ފިރިމީހާ ކުރާ އެއްވެސް ކަމެއް ބަލައެއް ނުގަނެވޭނެއެވެ.
މީގެ އިތުރުން އަމިއްލަ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. ދިރިއުޅުން މަތިން ފޫހިވާނެއެވެ. ކޫސަނި ކަންކަމާ ވެސް ރުޅިގަދަ ވެވޭނެއެވެ. ބޮލުގައި ރިއްސާނެއެވެ. ނަފްސާނީ ބަލީގެ ތެރެއަށް ވެސް ހިނގައިދާނެއެވެ. ތިމާގެ އަމިއްލަ ދަރިން މަތިން ވެސް ފޫހިވެވޭނެއެވެ.
ދެމަފިރިން އެކުގައި ރީތިކޮށް ދިރިއުޅެމުން ދަނިކޮށް މިބާވަތުގެ މައްސަލަތައް ކުރިމަތިވާން ފަށައިފި ނަމަ ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން އަވަހަށް ހޯދަން ވާނެއެވެ. ދެމަފިރިން ވެސް ޝިފާއަށް އެދި މަސައްކަތް ކުރަން ވާނެއެވެ. ދެމީހުންނަށް ވެސް އެކަމުގެ އަސަރު ކޮށްފައި ހުރެއްޖެ ނަމަ އެކަކަށް ފަރުވާ ކޮށްގެން ރަނގަޅު ނުކުރެވޭނެތީއެވެ.
ދެމަފިރިން ދުރުކުރަން ސިހުރު ހެދުމުގައި ގިނައިން ބޭނުންކުރާނީ އެންމެ އެކީގައި އުޅޭ މީހުންނެވެ. އެހެންކަމުން އެކުވެރިން ގެންގުޅުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ވާނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތަފްޞީލު އެކުވެރިންނަށް ކިޔައިދިނުން އެއީ ރަނގަޅުކަމެއް ނޫނެވެ. އެއްވެސް މީހަކު ކަންތައް ކުރާނީ ކިހިނަކުންކަން ނުއެނގޭތީއެވެ. ވީމާ ކިތަންމެ ގާތްކޮށް އުޅުނު ނަމަވެސް އަބަދު ވެސް އެކުވެރިން ބައިތިއްބަން ވާނީ ވަކި ހިސާބެއްގައެވެ. ދެމަފިރިން ނިދާ ކޮޓަރިއަށް އެއްވެސް އެކުވެރިއަކު ވެއްދުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ.
ކުޑަކުދިން ފަދައިން އަންހެނުން ވެސް ދެ ނަމާދު ދޭތެރޭގެ ވަގުތުތަކުގައި ގެއިން ބޭރުގައި ކޮންމެހެން އުޅެން ޖެހިގެން ނޫނީ އުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ އެ ވަގުތަކީ ޝައިޠާނުންތައް އުތުރިގަންނަ ވަގުތު ކަމުގައި ވުމުން ސިހުރަކާ ގުޅިފައިވާ ޝައިޠާނުންތައް ވެސް އެވަގުތުގައި ގިނަވެ ގަންނާނެތީއެވެ. އަތުލައިގަންނަން ފަސޭހަ ވާނެތީއެވެ.
- މައްލޫމާތު: ސިހުރުން ސަލާމަތްވުމަށް މަގެއް
މި އަންހެނުން ނަން އިން ލިޔުމެއް ދޯ …ހު
ތީގަ ހެޑިންއަކާ ހަބަރަކާ ގުޅުމެއް ނެތް
ދެމަފިރިން ދުރުކުރަން އަންހެން މީހާ ޔަށް ހަދަނީ ހަމައެކަނި މައްސަރު ލެއިންތޯ؟ އެހެން ގޮތަކުން ނަހަދަނީ ތޯ ހަމައެކަނި އެވާހަކަ ޖަހާފަ އޭނީ! އަދި ފިރިހެން މީހާޔަށް ހަދާ ސިހުރަށް ދެން ވަނީ ކިހިނެތް ތޯ؟ މިކަހަލަ ކަމަކަށް އާރޓިކަލް އެެއް ލިޔާއިރު އެއްބައި ލިޔުނީމަ ކަމަކު ނުދޭ! ފުރިހަމަ މައުލޫމާތު ނެތިސް ނުލިޔުން ރަގަޅު!
ވ.ފައްކާ ކޮމެންޓެއް
ކިޔަން އެގޭހެން ލިޔާނަމަ ދޯ
އެކަމަކުވާާ.. މީވެސް އާޱިކަލް އެއްތަ.. ފުރަތަމަ މަޢުލޫމާތު މުއްސަނދި ކުރުމާ ދޭތެރޭ ވިސްނަބަލަާ. ދެން ދޯ އަދި އާޱިކަލާ ހަމަޔަށް ދެވޭނީ