ޚަބަރު

ރައީސް މުއިއްޒު ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި

. ، ދެން އޮންލައިން
ރައީސް މުއިއްޒު، ކިންގް ޗާލްސްއާ އެކު ބޭއްވި ބައްދަލުކުރެެއްވުމުގެ ތެރެއިން

އިނގެރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

Ads by STELCO

ރައީސް އޮފީހުން ޝާއިއުކުރި ހަބަރެއްގައި ބުނީ ރައީސް މުއިއްޒު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗާލްސްއަ ބައްދަލުކުރެއްވީ މިއަދު ހެނދުނު ވިންޑްސޯ ކާސަލްގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މަޝްވަރާތަކުގެ ސީދާ ތަފްސީލެއް ރައީސް އޮފީހުން ހިއްސާއެއް ނުކުރެ އެވެ.

އެ ބައްދަލުވުން ބާއްވާފައި މިވަނީ އަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމާއި ދިމާކޮށެވެ.