ޚަބަރު

ރައްޔިތުން އެދޭ ކޮންސެޕްޓަށް މެންގަރޫވް އައިލެންޑްގެ ގޮތުގައި ކެނދިކުޅުދޫ ތަރައްގީކޮށްދޭނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުން އެދޭ ކޮންސެޕްޓަށް މެންގަރޫވް އައިލެންޑްގެ ގޮތުގައި ނ. ކެނދިކުޅުދޫ ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

Ads by STELCO

ރައީސް އެފަދަައިން ޔަގީންކަން ދެއްވީ ނ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު ކެނދިކުޅުދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ގުދުރަތީ ރީތިކަމުގެ ފައިދާ އެރަށްރަށުންވެސް ބޭނުންވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނާވަޑައިގެން، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ސަރުކާރުން އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ކެނދިކުޅުދޫ ނޭޗާ ޕާކުގެ ވިޒިޓާ ސެންޓަރުގެ ބިންގާ މިއަދު އަޅާފައިވާ އިރު އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެސްލެއަވި އެވެ.

ކެނދިކުޅުދޫ ގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރަަައީސް ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒަކީ ސައުވީސް ގަޑިއިރު ހިދުމަތްދޭ ތަނަކަށްވުމުން، މުވައްޒަފުން އިިތުރުކޮށް އިތުރު އެމްބިއުލާންސެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން  އެ ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ހަލާކުވެފައިވާ ފުޓްސަލް ދަނޑުވެސް މިއަހަރު އަލުން ހަދައި، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ނިމޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކެނދިކުޅުދޫގައި މިއަދު ފެށި އާރުޓީއެލަ ސްކޫލް ބަހުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް، ފްލީޓަށް އިތުރު ބަސް ގެނެސް ހިދުމަތް އިތުރަށް ތަރައްގީ ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

Ads by Ooredoo