ޚަބަރު

ފޮއްދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮއްދޫގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން

ނ. ފޮއްދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ ތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފޮއްދޫއަށް މިއަދު ވަޑައިގަތުމުން ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގަ އެވެ.

ފޮއްދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުން އާ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ  ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ އެވެ.

ފޮއްދޫ ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.

އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫއަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެކެވެ.

Ads by HDC