ޚަބަރު

މާލޭގެ މަގުތަކުގައި މިހާރު ފެންބޮޑުނުވާނެ: އާޒިމް

. ، ދެން އޮންލައިން
މާލޭގެ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: ސިޓީ ކައުންސިލު

ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by MPL

މޭޔަރު އާޒިމް އެހެން ވިދާޅުވީ ކައުންސިލްތަކުން ބާއްވަން، ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ބޭއްވި މި އަހަރުގެ ދެ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީގެ މަސައްކަތާ ހަވާލުވިއިރު، ރައްޓެހިންނާއި ދަންނަ މީހުންނާ، އަދި ނުދަންނަ މީހުންގެ ފަރާތުން ވެސް، އޮހެމުން ދިޔައީ މުޅިންހެން ޝަކުވާ ކަމަށެވެ. އަދި ބަލަމުން އައީ ޝައުގުވެރިކަމެއް ނެތި، ވައްކަޅިން ކަމަށާއި ކައުންސިލުގެ، މަސައްކަތްތަކާއި ހިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާ އުންމީދީ ތަސައްވުރެއް ކަމަށެވެ.

އާޒިމް ވިދާޅުވީ، ކައުންސިލުގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެފަދަ އުފާވެރި ޝުއޫރުތައް، މިއަދު އާންމުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށެވެ. އެންމެންގެ މަސައްކަތުން، ކުރީގެ ނާއުއްމީދީ ތަސައްވުރު އެވަނީ އުއްމީދީ ތަސައްވުރަކަށް ބަދަލު ކުރެވިފައި ކަމަށް، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ގުޅިފައިހުންނަނީ، މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ އުނދަގޫތަކާ ކަމަށާއި، އެ ގޮތުން މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ނަމަވެސް، ކާނުތައް ސާފުކުރުމަށް ފެށި ހާއްސަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގޮސް، މިހާރު ނިމުމަކާ ކައިރިވެފައިވުމުން، ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް ވިދާޅުވި އެވެ.

Ads by HDC