ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުޅުމާލެ ޕޮލިސް ސްޓޭޝަން

ަަސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

Ads by STELCO

ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ ފޭސްބުކްގައި "މަސީހް މޫސާ" ނަމަކަށް ކިޔާ އައިޑީ އަކުން ކުރި ޕޯސްޓެއްގަ އެވެ.

އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް މަރުގެ އަދަބު ކަނޑައެޅުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރަން އިދާރާތަކަށް ރައީސް އެންގެވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރުމަށް ފަހު އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށެވެ.

Ads by HDC