ޚަބަރު

ޓީޗަރުން ތަމްރީންކުރަން ޑިގްރީގެ ބަދަލުގައި ޑިޕްލޮމާ ކޯހެއް ކުރިއަށް ގެންދިއުން މިނިސްޓަރު ދިފާއުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވާހަކަ ދައްކަވަނީ / ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި ޓީޗަރުން ތަމްރީންކުރަން ޑިގްރީގެ ބަދަލުގައި ޑިޕްލޮމާ ކޯހެއް ކުރިއަށް ގެންދިއުން އެޑިއުކޭޝަން  މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދިފާއުކުރައްވައިފި އެވެ.

Ads by STELCO

ޑިޕްލޮމާ ކޯހެއް ކުރިއަށް ގެންދަން ނިންމާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީން ކުރުމަށެވެ.

އެ ކޯސް އިއުލާން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ އެ ކޯސް ފަރުމާ ކުރަން ފެއްޓި ހިސާބުން ވެސް ބައެއް ބޭފުޅުންގެ ސުވާލު އަމާޒުވި ކަމަށެވެ.

އެހެންވެ ޑިޕްލޮމާ ކޯހެއް އެ ދާއިރާއިން ކުރިއަށް ގެންދަން ނިންމި ސަބަބު ސާފުކޮށްދެއްވައި އޭނާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން މިހާރު އެއްގޮޮތަަކަށް ވެސް ނުލިބޭ ކަމަށެވެ.

އަދި މިހާރު އެފަދަ ކުދިންނަށް ކިޔަވައިދޭ ކްލާސްތަކަށް ފޮނުވަން ޖެހެނީ އެއްވެސް ވައްޓަފާޅިއެއް ނެތް އުކުޅުތައް ދަސްވެފައި ނެތް ޓީޗަރުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް މިނިސްޓްރީން އިސްކަން ދެނީ އެފަދަ ކުދިންނަށް އަޅާލާ އޯގާތެރިކަން ދެވޭނެ ފަދަ ގާބިލު ބަޔަކު ކްލާސްތަކަށް ފޮނުވަންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގޮތަށް ބަލާއިރު މި ގައުމަށް ދިމާވެފައިވަ ކާރިސާ ހައްލުކުރުމަށްޓަކައި އަޅުގަނޑު ގަބޫލުކުރަނީ ޑިޕްލޮމާ ޓީޗަރަކީވެސް އެެއްވެސް ވަރަކަށް ތަމްރީން ނުވެ އޮތް ޓީޗަރުންނަށް ވުރެ މާ ގާބިލު ބަޔަކަށޭ ވެގެން ދާނީ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޑިޕްލޮމާ ނިންމާ ޓީޗަރުން ޑިގްރީއާ ދިމާލަށް ދެވޭމެ މަގު ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.

Ads by Ooredoo