ޚަބަރު

ބާރު ސްޕީޑުގައި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި

. ، ދެން އޮންލައިން

ރޭ ހުޅުމާލޭގައި ފުލުހުންގެ އަމުރަށް ވެސް ނުކިޔަމަންތެރިވެ ބާރަށް ދުއްވާފައި ދިޔަ ކާރެއް ފަހައި ދުވި ޕޮލިސް ސައިކަލެއްގައި ޖެއްސި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ކާރެއް ދުއްވަމުން ދިޔައީ ހުޅުމާލޭގަ އެވެ.

އެ ކާރު މަޑުކުރުމަށް ފުލުހުން ބުނުމުން ވެސް މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ޕޮލިސް ސައިކަލެއް ފަހައި ދުއްވި އެވެ.

އެ ކާރު ގޮސް ޕޮލިސް ސައިކަލުގައި ޖައްސައި ވައްޓާލި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ ޕޮލިސް ސައިކަލުގައި ޖެއްސި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18އ) އެވެ. އޭނާއަ އެކު އަންހެނަކުވެސް ހައްޔަރުކުރި އެވެ. އެކަަކު އެ މީހާ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަަމަށެވެ.

އަދި އިތުރު ފަރުވާދިނުމަށް ސްޕެޝަލިސްޓަކަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Allied Insurance