ޚަބަރު

ކުވެއިތުގެ ވިޔަފާރިވެރިއަކު މަނަދޫގައި މިސްކިތެއް ބިނާކޮށްދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަނަދޫގައި ބިނާކުރި މިސްކިތް

ކުވެއިތުގެ ވިޔަފާރިވެރިއަކު ނ. މަނަދޫގައި މިސްކިތެއް ބިނާކޮށްދީފި އެވެ.

Ads by STELCO

މަނަދޫގެ ބަނދަރު ސަރަހައްދުގައި ބިނާކުރި އެ މިސްކިތް ބިނާކޮށްދެއްވީ ކުވެއިތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ތޮލާލް ހަލީފާ އަލް ޖެރީގެ ހަރަދުގަ އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އެ މިސްކިތް ހުޅުވައިދެއްވީ ވެސް ޖެރީ އެވެ.

އެ މިސްކިތަށް ނަން ކިޔައިފައި ވަނީވެސް ޖެރީގެ ނަމުން ނެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހުމާން ސޮބީހު ވިދާޅުވީ އެ މިސްކިތް ބިނާކުރީ ހަ މަހެއްހާ ދުވަހުން ކަމަށެވެ.

114 މީހުންގެ ޖާގައިގެ އެ މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"މަނަދޫގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް އެޅުމަކީ ރަށުގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއް. " ސޮބީހު ވިދާޅުވި އެވެ.

މަނަދޫގައި މިހާރުވެސް އިތުރު ދެ މިސްކިތުގައި ނަމާދު ކުރަމުންދާ އިރު ސަރުކާރުން ވެސް މިހާރުވެސަ ދަނީ އެރަށުގައި އިތުރު ބޮޑު މިސްކިތެއް އަޅައިދެމުން ނެވެ.

Ads by HDC