Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަމަދުއަށް ސީޕްލޭންގެ ހިދުމަށް ފަށަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ކަމަދުއަށް ސީޕްލޭންގެ ހިދުމަށް ފަށަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ބ. ކަމަދޫއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ގައުމީ އެއާލައިން މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެއްބަސްވުމުގައި މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ސޮއިކުރެއްވިއިރު ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓާ ހުސެއިން އަމަން އެވެ.

Advertisement
HDC — Sidebar (box)

މި އެއްބަސްވުމަށް ފަހު ކަމަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވާހަކަ ރައީސް ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ފެށިގެންދިއުމުން ކަމަދޫގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކަމަދޫ އަކީ ލޯކަލް ޓޫރިޒަމަށްވެސް މަޝްހޫރު ރަށެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް