ޚަބަރު

ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ފުރިހަމައަށް ބޭނުންކުރެވޭނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ހަނިމާދޫގައި-- ފޮޓޯ/ ރައީސް އޮފީސް

ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި މި އަހަރުގެ ނޮވެމްބަރު މަހު ފުރިހަމައަށް އެތަން ބޭނުމްކުރެވޭ ގޮތަަށް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް މިއަދު ފެެއްޓެވި ދަތުރުފުޅުގައި މިރޭ ހަނިމާދޫއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނު ވައުުދުވެވަޑައިގެންނެވި ގޮތަށް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިިދާޅުވީ މިހާރު ގެންދާ ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންގޮސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެން އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހުހެ ތެރޭގައި އެެއާޕޯޓު ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ނިންމުން" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރި ނިމިގެން ދިޔަ ސަރުކާރުގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެހީގައި އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުން އެތަނުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި ވީއައިއޭއެކޭ އެއްގޮތަށް ބޭންކު ރޭޓުގައި ޑޮލަރު ގަނެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް  ރައީސް މިރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން ހަނިމާދޫގައި ޑޮލަރު އޭޓީއެމްއެއްވެސް ބަހައްޓާމެ ކަމަށާއި އެއާއެކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ  މި އަހަރުގެ ތެރޭގައި އިސްލާމިކް ބޭންކުގެ އޭޓީއެމްއެއްވެސް މި އަހަރު ހަނިމާދޫގައި ގާއިމުކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

Ads by HDC