މިހާރު ކޮންސްޓްރަކްޝަން ސައިޓުތަކަށް އިންޝުއަރަންސް މަޖުބޫރު

ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ޤަވައިދަށް މިދިޔަ ޖޫން މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން ވަނީ ވަރަށް މުޙިންމު އިސްލާހެއް ގެނެސްފައެވެ. ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތުގައި ޝާމިލުވެ އުޅޭ މީހުންގެ އިތުރުން، ވަށައިގެންވާ ޢިމާރާތްތަކާއި އެހެން މީހުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގެނައި ވަރަށް މުޙިންމު އިޞްލާޙެކެވެ.
މި އިޞްލާޙުން އައި ބަދަލަކީ މިހާރު ރާއްޖޭގައި ހިނގާ ޢިމާރާތްކުރުމުގެ ހުރިހާ ޕްރޮޖެކްޓަކަށް، ގިނަ ކަންތައްތަކެއް ޝާމިލުވާ ފަދަ އިންޝުއަރަންސް ކަވަރޭޖެއް ހޯދަން ޖެހޭ ކަމެވެ.
މިކަމުގެ މަޤްޞަދަކީ، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ވަށައިގެންވާ މާޙައުލާއި މަސައްކަތު މީހުންނާއި އެހެނިހެން ޢިމާރާތްތަކާއި ބިނާރުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނާއި އެހެން މީހުންގެ މުދަލާއި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެކަން ޔަޤީން ކުރުމެވެ.
އެލައިޑް އިންޝުއަރަންސްގެ ”ކޮންޓްރެކްޓާސް އޯލް ރިސްކް“ ޕްލޭނަކީ، މި ޤަވައިދަށް ގެނެވުނު އިޞްލާޙުގައި ހިމެނޭ ހުރިހާ ކަމަކަށް ވެސް ކަވަރޭޖު ލިބޭ، ކޮމްޕްރެހެންސިވް ޕެކޭޖެކެވެ. ކުދި އަދި ބޮޑެތި ޢިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ފެށުނީއްސުރެ ނިމެންދެން މި ޕްލޭނުން ކަވަރޭޖު ޔަޤީންކޮށްދެއެވެ. އެއީ ގެދޮރު ބިނާކުރުން ކަމުގައި ވިޔަސް، ކޮމާޝަލް ޢިމާރާތް އެޅުން ކަމުގައި ވިޔަސް، ނުވަތަ ރިސޯޓު ޕްރޮޖެކްތެއް ހިންގުން ކަމުގައި ވިޔަސް، މަޝްރޫއުގައި ހިމެނޭ މެޝިނަރީ އާއި އިކުއިޕްމަންޓާއި ޝާމިލުވާ ތިންވަނަ ފަރާތެއްގެ މުދަލަށް ނުވަތަ ޖިސްމަށް ލިބިދާނެ އަނިޔާ ވެސް ކަވަރު ކޮށްދެއެވެ.
މި ޕްލޭނުގައި ދެ ބާވަތެއްގެ ކަވަރޭޖު ލިބެއެވެ.
- ފުރަތަމަ ބަޔަކީ މެޓީރިއަލް ޑެމޭޖަށް ލިބޭ ބަދަލެވެ. މިއީ ސައިޓުގައި ހިމެނޭ މުދަށް ދިމާވާ ގެއްލުމުގެ ބަދަލު ލިބޭ ބައެވެ.
- ދެވަނަ ބަޔަކީ ތާޑް-ޕާޓީ ލަޔަބިލިޓީއެވެ. މިއީ ތިންވަނަ ފަރާތެއްގެ ޖިސްމަށް ލިބޭ އަނިޔާ ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުލިބިގެންދާނެ ބައެވެ.
ކޮންޓްރެކްޓާސް އޯލް ރިސްކް ޕްލޭނުގެ ދަށުން ބަދަލު ފޯރުކޮށްދެނީ އަލިފާނުގެ ހާދިސާތަކާއި ހޮނުއެޅުން ނުވަތަ އެއްޗެއް ގޮވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުން، މުޒާހަރާ އާއި ހަޅުތާލެއްގެ ސަބަބަބުން ލިބޭ ނުވަތަ ގަސްތުގައި ބަޔަކު ދޭ ގެއްލުން، ފެންބޮޑުވުމާއި ވިއްސާރަ ފަދަ ހާދިސާތަކުން ލިބޭ ގެއްލުން، ކަރަންޓު ޝޯޓުވެގެން ދިމާވާ ގެއްލުން، އަދި ސައިޓުން އެއްޗެއް ވެއްޓިގެން ނުވަތަ ވެއްޓޭ އެއްޗެއްގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ފަދަ ކަންކަމަށެވެ.
މި ކަންކަމުގެ އިތުރުން ކޮންސްޓްރަކްޝަން އިކުއިޕްމަންޓާއި މެޝިނަރީ، ދިމާވާ ހާދިސާއަކާ ގުޅިގެން ތަކެތި (ޑެބްރީ) ނެގުން، ޕްރޮފެޝަނަލް ފީސް ފަދަ ކަންކަން ކަވަރު ކުރުމަށް ޕްލޭން ފުޅާ ވެސް ކުރެވިދާނެއެވެ.
ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް މި ޕްލޭނު ނެގުމަކީ މިހާރު ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމަކަށް ވުމުގެ މަޤްސަދަކީ ލިބިދާނެ ގެއްލުމަކަށް ބަދަލު ލިބޭނެކަމުގެ ޔަޤީންކަން ލިބުމެވެ. އަދި ކުރިމަތިވާ ހާދިސާއަކާ ހެދި ދިމާވާ މާލީ ގެއްލުމަކާ ހެދި ޕްރޮޖެކްޓު ހުއްޓުން ނުވަތަ ލަސްވުން ފަދަ ގޮންޖެހުންތަކުން ފަސޭހައިން އަރައިގަތުމެވެ.
އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ”ކޮންޓްރެކްޓާސް އޯލް ރިސްކް“ ޕްލޭނުގެ ތަފްސީލުތައް ބައްލަވާލައްވާށެވެ. އަދި ޢިމާރާތްކުރުމުގެ މަޝްރޫއެއް ހިންގުމުގެ ކުރިން މި ޕްލޭން ބައްލަވައިގަތުމަށް ޔަޤީން ކުރައްވާށެވެ.
