ޚަބަރު

އަދީބުގެ ޕާޓީ އުވާލަން އިލެކްޝަންސްއިން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްވެ އުފެއްދެވި ޕާޓީ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސްއިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްޓީޑީ އުވާލަން ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް 3000 މީހުން އެ ޕާޓީގައި ހަމަނުވެ އެ އަދަދަށް މީހުން ހަމަކުރަން ދިން މުއްދަތުގައި ވެސް އަދަދު ހަަމަ ނުކުރެވުމުން ކަމަށެވެ.

އެހެންވެ އެމްޓީޑީ އުވާލަން ނިންމައި އެ ޕާޓީއިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، މި މަހުގެ 31ގެ ނިޔަލަށް އެކަން އެ ޕާޓީއަށް ހުށަހަޅުއްވައި ނިންމުމަށް އިލެކްޝަންސް ކޮމިޝަންއިން ވަނީ އެދިފަ އެވެ.

އެމްޓީޑީގައި 3000 ހަމަނުވެގެން މީގެ ކުރިން ވެސް އުވާލަން ނިންމި އެވެ.

ނަމަވެސް 3000 މީހުން ހަމަވުމުމުން ފަހުން އެ ޕާޓީ އުވައެއް ނުލައެވެ.

އެމްޓީޑީން ސިޔާސީ ޕާޓީގެ ހަރަކާތްތައް ނުހިންގާތާ އެތަކެއް ދުވަހެއް ފާއިތުވެފައިވާ އިރު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދީބުއަށް ނިމިގެން ދިޔަ ސަރުކާރުގައި މާފު ދެއްވުމުން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ.