Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝަމްއާން ބަންދުގައި ފަސް މަސްދުވަސް - ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ޕެޓިޝަނެއް

ޝަމްއާން ބަންދުގައި ފަސް މަސްދުވަސް - ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ޕެޓިޝަނެއް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ބަންދުގައި ބަހައްޓާފައި ހުންނަތާ ފަސްމަސް ދުވަސް ވެގެން ދިޔައިރު ވެސް އޭނާގެ މައްސަލަ ކުރިއަށް ނުގެންގޮސް، އަދި މިފަދަ ތުހުމަތު ކުރެވޭ އެހެން މީހުންނާއި ތަފާތުކޮށް އޭނާއާއި މެދު ކަންތައްތައް ކުރާތީ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

އޮންލައިންކޮށް ސޮއިކުރާ ޕެޓިޝަންގައި ބުނެފައި ވަނީ އެންމެ ބޮޑު މައްސަލައަކީ ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އެއްގޮތް ދަޢުވާތަކާ ކުރިމަތިލާންޖެހޭ އެހެން މީހުންނާ އަޅާބަލާއިރު އޭނާއާމެދު ޢަމަލުކުރެވޭ ގޮތް ތަފާތުވުމެވެ. އޭނާގެ މައްސަލައާ ވަރަށް އެއްގޮތް މައްސަލަތަކުގައި ހިމެނޭ މީހުން ޝަރީޢަތް ނިމެންދެން ދޫކޮށްލެވިފައިވާއިރު، ޝަމްޢާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށް، އަދި ޝަރީއަތުގެ އަޑުއެހުންތައް ވެސް ނުފަށައިކަން ޕެޓިޝަންގައި ފާހަގަ ކޮށްފައި ވެއެވެ.

އޭނާގެ އާއިލާއަށާއި، ރަހުމަތްތެރިންނަށާއި، އަދި ކަންބޮޑުވާ ގިނަ ރައްޔިތުންނަށް، މިއީ ހަމައެކަނި ޤާނޫނީ މައްސަލައެއް ނޫންކަމަށާއި އެމީހުން ޤަބޫލުކުރާ ގޮތުގައި ޝަމްޢާނަށް ވަނީ އަމާޒުކުރެވި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ އަސާސް ނަގާލާ ތަފާތުކުރުންތަކެއް ގެންގުޅޭ ނިޒާމެއްގެ ޝިކާރައަކަށްވެފައެވެ. "ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަމާއެކު މުޢާމަލާތްކުރެވުމަކީ އިމްތިޔާޒެއް ނޫނެވެ. އެއީ ޙައްޤެކެވެ. އެހެންނަމަވެސް ޝަމްޢާންގެ މައްސަލައިގައި، އެ ޙައްޤު ވަނީ ނިގުޅައިގަނެވިފައެވެ." ޕެޓިޝަންގައި ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

އެކަކު ކުށް ސާބިތުނުވެ މުއްދަތެއްނެތި ބަންދުގައި ބޭތިއްބޭއިރު އަނެއްބައި މީހުން މިނިވަންކަމާއެކު އުޅެވޭނަމަ، މިކަމުން ޝަރުޢީ ނިޒާމުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަން ޖެހޭ ކަމަށާއި މިކަމުން ދޭހަވަނީ މިމައްސަލައަށް ސިޔާސީ ނުފޫޒު އޮތްކަން ކަމުގައި ޕެޓިޝަންގައި ބުނެފައި ވެއެވެ.

ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި އެމީހުން އެދެނީ ޚާއްޞަ ޝަމްއާނަށް އިނާޔަތްތަކަކަށް ނޫނެވެ، ހަމައެކަނި އިންސާފަށެވެ. އެމީހުން ގޮވާލަނީ ޝަމްޢާނާމެދުވެސް އެހެން ކޮންމެ މީހަކާމެދު ޢަމަލުކުރާނެ ފަދައިން ޢަމަލުކުރުމަށް ކަމަށާއި ކުށް ސާބިތުވަންދެން ކުށެއްނެތް މީހެއްގެ ގޮތުގައި ބެލުމަށާއި، ޝަރީޢަތް ނިމެންދެން މިނިވަންކަމުގައި ހުރުމުގެ ޙައްޤު ލިބިދިނުމަށާއި، ހާމަކަން ބޮޑު އަދި އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދިނުމަށް ކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.

"އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން" ކަން ފާހަގަކޮށް ޕެޓިޝަންގައި ބުނެފައި ވަނީ ކުށް ސާބިތުނުވެ ފަސް މަސްދުވަހު ބަންދުގައި ބެހެއްޓުމަކީ އަސާސީ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމެކެވެ.

ސަރުކާރަށާއި، ޝަރުޢީ ދާއިރާއަށާއި، އަދި ޒިންމާދާރު އެންމެހައި މުއައްސަސާތަކަށް ގޮވާލަނީ ޝަމްޢާން އާއިމެދު ގެންގުޅޭ ތަފާތުކުރުންތައް ނިމުމަކަށް ގެނެސް ޝަމްޢާން ދޫކޮށްލުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް